Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

’މަޢުރިފާ′ ފޮތް މަޢުރަޒު ހުޅުވައިފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރި ފޮތް މައުރަޒު "މަޢުރިފާ 2025″ މިއަދު ހުޅުވައިފި އެވެ.

މިއަދު ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އުރަޒު ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

މިއަދުން ފެށިގެން މި މަހުގެ 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މައުރަޒު ކުރިއަށް ގެންދާނެ އެވެ. މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތް ވިއްކާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެ އެވެ.

މައުރަޒު ހުޅުވިފައި ހުންނާނީ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ.

މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޢާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ އަގަށްވު ރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެ އެވެ. ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީ ފޮތްތަކާއި، ދިވެހިބަ ހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަ ފޮތްތައް ވެސް ހިމެނެއެވެ.