ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށް ހިދުމަތްތައް ފުޅާ ކުރުމަށް އަޅާ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
އަދި އެ ރަށުގައި ވަނީ ޕޯޓު ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވެސް މިއަދު ފަށައިފަ އެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މީގެއިތުރުން ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ.