Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ކުޅުދުއްފުށީގައި ސިޓީ ހޮޓަލަކާއި ސްޕޯޓްސް ކޮމްޕްލެކްސެއް

ހދ. ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒަކާއި ސިޓީ ހޮޓަލެއްގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތް ކުރަން ނިންމައިފި އެވެ.

ރައީސް ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓާއި އިންވެގެން އޮންނަ ސަރަޙައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްޤީކުރުމާއެކު، ހދ. އަތޮޅު ފަތުރުވެރިކަމަށް ހުޅުވާލެވޭނެ ކަމަށެވެ.

އަދި އަންނަ އަހަރު ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވަނީ ކުޅުދުއްފުށީގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓުބޯޅަ އާއި ހޭންޑް ބޯލް ކުޅޭ ޑުއަލް ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ސިންތެޓިކް ޓްރެކްގެ މަސައްކަތް ޑިސެމްބަރު މަހު ފަށައި، އަންނަ މަހު ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތަށް އަމާޒުކޮށްގެން ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ގާއިމުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.