Last Updated: June 9, 10:14
Tuesday, June 9, 2026
ޚަބަރު

މައުމޫންގެ ގައުމީ ޅެން މުބާރާތަށް މުއްދަތު އިތުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން ހުޅުވާލި ގައުމީ ޅެން ހެދުމުގެ މުބާރާތަށް ޅެން ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްފި އެވެ.

މި އަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން ހުޅުވައިލި އެ މުބާރާތަށް ޅެންތައް ހުށަހަޅަން ދިން އެންމެ ފަހު ދުވަހަކީ މިއަދެވެ. ނަމަވެސް މައުމޫން ފައުންޑޭޝަނުން ބުނީ ޅެންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޅެންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އެ ދުވަހު މެންދުރު ފަހު 2:00 އެވެ.

ގައުމީ ޅެން ހެދުމުގެ މި މުބާރާތަށް ހުށަހަޅަން ޖެހެނީ ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޅެންތަކެވެ. ހުރިހާ ދިވެހިންނަށް ވެސް މި މުބާރަތަށް ޅެންތައް ހުށަހެޅޭނެ އެވެ.

މުބާރާތުގެ އެއް ވަނަ ޅެމަށް 5،000ރ. ދެވަނަ އަށް 3،500ރ. އަދި ތިން ވަނަ އަށް 2،000ރ. އިނާމެއްގެ ގޮތުގައި ދޭނެ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ގައުމީ ޅެން ހެދުމުގެ މުބާރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެންމެ މޮޅު ފަސް ޅެމަށް ހަނދާނީލިޔުން ވެސް ދޭނެ ކަމަށެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 7981500 އިން ހޯދޭނެ އެވެ. ޅެންތައް ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.