Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޓޭލާ ސްވިފްޓް އެންގޭޖްވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ލޯބިވެރިޔާ ޓްރާވިސް ކެލްސީ އެންގޭޖްވެއްޖެ އެވެ.

އެންގޭޖްމަންޓްގެ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށް ޓޭލާ ވަނީ ވަރަށް އަވަހަށް ކައިވެނިކޮށްފާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ޓްރާވިސް، 35، އާއި ޓޭލާ، 35، އެންގޭޖްވެފައި މި ވަނީ ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާގެ ރުހުން ވެސް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

އެމެރިކާގެ އެންމެ ނުފޫޒު ގަދަ އަންހެން ފަންނާނުންގެ ތެރޭގައު ހިމެނޭ ޓޭލާ އެންގޭޖްވި އިރު، އޭނަގެ 12 ވަނަ އަލްބަމް "ލައިފް އޮފް އަ ޝޯގާލް" އަންނަ މަހުގެ 3 ގައި ރިލީޒް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ.

ޓްރާވިސްއާ ޓޭލާ އެންގޭޖްވި އިރު، އޭނަ މިހާތަނަށް 12 މީހުންނާ ރައްޓެހިވެފައިވެ އެވެ. އޭގެ ތެރޭގައި އެކްޓަރުންނާއި މިއުޒިޝަނުން ވެސް ހިމެނެ އެވެ. ޓޭލާ ރައްޓެހިވި މީހުންގެ ތެރޭގައި ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ އަދި ބަތަލާ ސޯނީ ޓާނާގެ ކުރީގެ ފިރިމީހާ ޖޯ ޖޯނަސް ވެސް ހިމެނެ އެވެ.