ހދ. ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ކުރިނބީގައި ބެހެއްޓި އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފުޅާ ކުރުމުގެ މަޝްރޫއުުގެ ތެރެއުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށާފައިވެ އެވެ
އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އެ ހިދުމަތް ދިނުމެވެ.