އުރީދޫ ނޭޝަން އެޓޯލް އީ-ސްޕޯޓްސް ލީގް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 49 ޓީމު ބައިވެރިވެ އެވެ. އޭގެ ތެރޭގައި 16 އަތޮޅެއްގެ 35 ރަށަކުން ޓީމުތައް ވާދަކުރެ އެވެ.
ބައިވެރިވާ ޓީމުތައް:
* އއ އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް
* ދ އަތޮޅު: އޮމަދޫ ޑާކް ކޭމްޕާ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް
* ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12
* ދ. އެތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް
* ފ އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ
* ފުވައްމުލައް/ގއ އަތޮޅު/އައްޑޫ: ސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް
* ހއ. އަތޮޅު: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4 ، ޓީމް އުލިގަމް
* ހދ. އަތޮޅު: ނޭކުރެންދޫ ، ޓީމު ހިރި
* ކ. އަތޮޅު: އެޗް އެލް އެމް އެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް
* ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް
* ޅ. އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު
* ރ އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން
އުރީދޫ ނޭޝަން އެޓޯލް އީ-ސްޕޯޓްސް ލީގަށް 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައަޅާފައިވ އެވެ. މި ލީގުގައި ކުޅޭނީ ޕަބްޖީ މޮބައިލް ކަމަށް އުރީދޫން ބުންޏެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެނީ އޮންލައިންކޮށެވެ.
ޕްރައިޒް ޕޫލް ބެހިފައިވާ ގޮތް:
* 1 ވަނަ: 25،000ރ.
* 2 ވަނަ: 12،000ރ.
* 3 ވަނަ: 6،000ރ.
* 4 ވަނަ: 3،000ރ.
އެމްވީޕީ: 4،000ރ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރަމްޒުކޮށް ދެނީ ރާއްޖޭގެ ގޭމް ކުޅޭ ކުޅުންތެރިން ގައުމީ ފެންވަރުގައި ގުޅާލައި، ވާދަކޮށް، އެ މީހުންގެ ހުނަރު ދައްކައިވޭނެކަމެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭނެހެން ރާވާފައިވާ މި ލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށް ދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެކެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގްގެ ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.