Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކުމުންދޫގައި އޭޓީއެމް ހުޅުވައިފި

ހދ. ކުމުންދޫގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ކުމުންދޫގައި ބެހެއްޓި އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސްގެ ވައުދެވެ. މިމަޝްރޫޢުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވެ އެވެ.

ކުމުންދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމާ އެކު މިހާރު ހދ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެ ހިދުމަތް ލިބެމުން ދާނެ އެވެ.