Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ކިންގްޑަމް' މިހާރު އޮތީ ނެޓްފްލިކްސްގައި

މިދިޔަ މަހު ރިލީޒްކުރި މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާގެ ސްޕައި އެކްޝަން ތުރިލާ "ކިންގްޑަމް" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

ހިންދީ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދީފައިވާ މި ފިލްމަކީ 2019 ގެ ތެލެގޫ ފިލްމު "ޖާޒީ" އަށް ފަހު، ޝާހިދު ކަޕޫރް ހިމަނައިގެން 2022 ގައި ހަމަ އެ ނަމުގައި އޭގެ ހިންދީ ރިމޭކް ވެސް ގެނެސްދިން ގޯތަމް ތިނައްނޫރީގެ ޑައިރެކްޝަނެކެވެ. "ކިންގްޑަމް" އަކީ ޖާޒީ އަށް ފަހު އޭނަ ހެދި ފުރަތަމަ ފިލްމު ވެސް މެ އެވެ.

ނަމަވެސް ވިޖޭގެ މޮޅު ރޯލެއް ފެނިގެން ދިޔަ މި ފިލްމަކީ ބޮކްސް އޮފީހުގައި ހިނގި ފިލްމެއް ނޫނެވެ. ފިލްމު ހަދަން ކުރި ހަރަދު ވެސް ސިނަމާތަކަށް ގެނެސްގެން ލިބިފައެއް ނުވެ އެވެ.

ޖުމްލަ 130 ކްރޯޑް ރުޕީސް (15 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ލިބުނީ 82.02 ކްރޯޑް ރުޕީސް (9.3 މިލިއަން ޑޮލަރު) އެވެ.

ޖުލައި 31 ގައި ރިލީޒްކުރި "ކިންގްޑަމް" ގެ ކާސްޓްގައި ސަތިއަދޭވް، ވެންކިޓޭޝް ވީޕީ، ބޫމީ ޝެޓީ، މަނީޝް ޗައުދަރީ އަދި ގޯޕަރާޖޫ ރާމަނާ ފަދަ ފަންނާނުން ހިމެނެ އެވެ.