Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

މީރާގެ ބޯޑަށް އައްޔަންކުރަން ހަތަރު ބޭފުޅަކަށް ރުހުން ދީފި

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު ކަމަށް ހަތަރު ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި 14 ބޭފުޅެއްގެ ނަން މިމަހުގެ 4 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހެޅުއްވި އެވެ.

އެގޮތުން މީރާގެ ބޯޑަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފައިވަނީ މުޙައްމަދު އިމްތިނާން ސަޢުދުﷲ އާއި ހުޝާމް ވަހީދާއި އިސްމާޢިލް ހަމްދޫން އަދި އަޙްމަދު ޢަލީ އަށެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.