ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، ޢަލީމަނިކު (57އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.