Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ހިލޭ އައިނު ހެދޭ ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

މި އައިނު ފިހާރަ ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އައިނު ހެދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދީ، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ވިޔަފާރި ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވީ މޭ މަހުގެ 31 ގަ އެވެ.

އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު މިފަދަ ފުރަތަމަ އައިނު ފިހާރަ ހުޅުވީ އައިޖީއެމްއެޗްގަ އެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެ އެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި ވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.