Last Updated: June 21, 03:30
Sunday, June 21, 2026
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކަނޑަނީ

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މާދަމާ ހެނދުނު 9:30 އާއި 11:30 އާއި ދޭތެރޭ މާލޭގެ އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

އަދި މެންދުރު 14:00 އާއި ހަވީރު 16:00 އާއި ދޭތެރޭ ބުލޫކިޔާ މަގު، ހަނދުވަރީ ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓު ދިޔުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.