ޑްރަގްސް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ޒުވާނަކު ކަމަށެވެ. އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ އެޕާޓްމަންޓަކާއި ދެ ސައިކަލު ބަލާފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުނެ އެވެ.
އެ އޮޕަރޭޝަންގެ ތެރެއިން 1،227.9 ގްރާމުގެ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗަކާއި، 101،550ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތަހުގީގަށް އެ ދެ ސައިކަލު ޓޯކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.