Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިހުސާން ވިދާޅުވީ ނޫސްވެރިޔަކު ހައްޔަރު ނުކުރާ ކަމަށް

އްޔެ ރައީސް އޮފީސް ކައިރިން ފުލުހުން ނޫސްވެރިޔަކު ގެންދަނީ. ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލާ ދެކޮޅަށް އިއްޔެ މާލޭގައި މުޒާހަރާ އަށް ނުކުތް ނޫސްވެރިންގެ ތެރެއިން އެއްވެސް ނޫސްވެރިޔަކު ހައްޔަރު ނުކުރާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަތުމުގެ އިތުރަށް އިއްޔެ ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލަން ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ގޮވާލެއްވުމާ ގުޅިގެންނެވެ.

އެ ޕޯސްޓާ ގުޅިގެން އިހުސާން ވިދާޅުވީ އިއްޔެގެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރު ނުކުރާކަން ކަށަވަރުކޮށްދޭ ދެއްވާ ކަމަށެވެ. އެކަމަކު މުޒާހަރާ ކުރުން މަނާކޮށްފައި އޮތް ގްރީން ޒޯންގައި ހިމެނޭ ސަރަހައްދުތަކެއްގެ ތެރެއަށް ނޫސްވެރިން ވަނުމުން އެ މީހުން ދުރައްޖައްސަން ފުލުހުން މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ.

އަދި އެގޮތަށް އަމަލަކުރީ އެތައް ފަހަރަކު ނަސޭހަތަކާއި އިރުޝާދުތަކަކާއި އިންޒާރުތަކެއް ވެސް ދިނުނަށް ފަހު ކަމަށް އިހުސާން ވިދާޅުވި އެވެ.

އެހެންވެ ނޫސްވެރިންތަކެއް ހައްޔަރިކުރި ކަމަށް ބުނާތީ، ވަކިން ހާއްސަކޮށް އިސް ބޭފުޅުންތަކެއް އެފަދަ ވާހަކަތަކެއް ދައްކަވާ އިރު ކަމުގެ ހަގީގަތް ސާފުކޮށް، ތެދު މައުލޫމާތު ހިއްސާ ކުރައްވަން އެދިވައިގަންނަވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީގުގެ ކައިރީގަ އާއި މުލިއޭގޭ ކައިރީގެ އޮތިރުން ރައީސް އޮފީސް ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ. އެގޮތުން ހަތަރު ނޫސްވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

މީޑިއާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން މިއަދު އަންނަނީ ރައީސް އޮފިސް ބޭރުގައި ހަދާފައިވާ "މީޑިއާ ފެންޑާ" ގައި ތިވެގެން ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.