Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ހދ. ކުމުންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަމީނެވެ.

ކުމުންދޫގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށި އިރު، އެ ރަށުގައި އަޅަން ނިންމި ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އިއްޔެ އަޅާފައިވެ އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެެ.