Last Updated: July 24, 05:25
Friday, July 24, 2026
ޚަބަރު

ފަލާހަށް ފާޑު ކިޔުމުން ވަޒީފާ އިން ވަކިކޮށްފި

ނޫސްވެރިންތަކެއް އުލުބައިންދައި މަރަން ޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނަ އަށް ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް ދިން ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި އިބްރާހީމް ސައީދު (ކޭޑް) ވަޒީފާ އިން ވަކިކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުރި ކޭޑް މަގާމުން ވަކިކުރީ މިއަދު އެވެ. އޭނަ އަކީ ކުރިން މީޑިއާގައި ވެސް މަސައްކަތްކުރި މީހެކެވެ.

ފަލާހަށް ކޭޑީ ފާޑުކީ ޕޯސްޓްގައި "ނޫސްވެރިން މަރަން ފަލާހު ގޮވާލި މައްސަލަ ބަލަން ޖެހޭނެ" ކަމަށާއި "ކަލޭ ދެކެ ބިރުގަންނާނީ ޕީއެންސީގެ ރިހަ ޓީމު" ކަމަށް ބުނެފައިވެ އެވެ.

ވަޒީފާ އިން ވަކިކުރުމާ ގުޅިގެން ކޭޑީ މިއަދު ކުރި ޕޯސްޓެއްގައި ބުނީ "ނޫސްވެރިން ތަޅައި ސުންނާފަތިކުރާ އިރު، ޖާހަތަށްޓަކައި އަނގައި ނުބުނެ ބިރުން ރިޒުގު ބަންދު ވާނެ ކަމަށް ދެކިގެން ތިބުމަށް ވުރެ މީޑިއާ ބިލްގައި ހުރި ކަންބޮޑުވުންތައް މާ ބޮޑު" ކަމަށެވެ.