Last Updated: June 9, 06:10
Tuesday, June 9, 2026
ދުނިޔެ

ފޯނު ބޭނުންކުރާ ވަގުތު ދެ ގަޑިއިރަށް ހަދަން ބިލެއް

ސްމާޓްފޯނުގައި މީހުން ހޭދަކުރާ ވަގުތު އިތުރުވަމުންދާތީ އެކަމަށް ހައްލެއް ގެނައުނުގެ ގޮތުން ޖަޕާންގެ ސިޓީއެއްގައި ދުވާލަކު ދެ ގަޑިއިރަށް ފޯނު ބޭނުން ކުރުމާ ގުޅޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ހަފުތާގެ ތެރޭގައި ހުށަހަޅައި މިހާރު އިބުތިދާއީ ބަހުސް ވެސް ކުރިއަށްދާ ބިލު ހުށަހެޅީ ޖަޕާނުގެ އައިޗީ ޕްރެފެކްޗާގެ ޓޮޔޯކޭ މުނިސޮލަޕް ސަރިކާރުންނެވެ.

މި ބިލުގެ މައިގަނޑި ބޭނުމަކީ 69،000 އެެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީގައި ސްމާޓްފޯނަށް އެޑިޓްކްވާ މީހުން އިތުރުވަމުންދާތީ އެކަމަ ށްހައްލެއް ގެނައުމުގެ ގޮތުން ފޯނު ބޭނުން ކުރާ ވަގުތު ދުވާލެއްގެ މައްޗަށް ދެ ގަޑިއިރަށް ގާނޫނަކުން ލާޒިމުކުރުމެވެ.

ނަމަވެސް ބިލު އެކުލަވާފައި ވަނީ މަސައްކަތްތަކާއި ކިޔެވުން ފަދަ ކަންކަމާ ގުޅޭ ކަންކަމުގައި ފޯނު ބޭނުން ކުރަން ޖެހޭ ވަގުތުތަކުގައި ބޭނުން ކުރުން އިސްތިސްނާވާ ގޮތަށެވެ. އަދި އެއްވެސް އަދަބެއް ވެސް ބިލުގައި ހިމަނައިފައެއް ނުވެ އެވެ.

ބިލުގެ މައިގަނޑު އަސާސީ މަގުސަދަކީ ސްކްރީން ޓީމް ވީހާ ވެސް ރަނގަޅަށް މެނޭޖް ކުރަން ހިތްވަރު ދިނުމެވެ.

މި ބިލާ ގުޅޭ ގޮތުން ޓޮޔޯކޭގެ މޭޔަރު މަސަފޫމީ ކޮކީ ވިދާޅުވީ ބިލުން ލާޒިމުކޮށް ދެނީ ފޯނު ބޭނުންކުރުމާ ގުޅޭ ގައިޑްލައިންތަކަކަށް އަމަލު ކުރުމުގެ މުހިއްމުކަން ކަމަށެވެ.

"އެހެންވީމަ ގަބޫލު ކުރެވެނީ މިފަދަ ގާނޫނަކަށް އަމަލު ކުރަން ފެށުމުން ފޯނުގައި ހޭދަކުރާ ވަގުތު މަދުވެ، އާންމުން ވަގުތު މެނޭޖްކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދީ، މިކަމުގެ މުހިއްމުކަމުގެ ވާހަކަ ވެސް ދެކެވޭ މިންވަރު އިތުރުވެގެން ދާނެ ކަމަށް." އޭނަ ވިދާޅުވި އެވެ.

ބިލު ބަލައިގަންނަން ނިންމައިފި ނަމަ، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ގާނޫނި ހަދާ މަޖިލީހުން ފާސްކުރާނެ އެވެ.