Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެމްޔޫ މަނިކަށް ސިންގަޕޫރްގައި ފަރުވާ ދެނީ

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ގެ ސިއްހީ ހާލު ދެރަވެ ސިންގަޕޫރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން އޭނަ އަށް ފަރުވާ ދެމުން އަންނަނީ ސިންގަޕޫރްގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަދި އެމްޔޫ މަނިިކުގެ އާއިލާގެ ގިނަ ބަޔަކު ވެސް ތިބީ ސިންގަޕޫރުގަ އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވާފައިވާ އެމްޔޫ މަނިކަކީ 1972 ގައި ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވި އިރު، ރާއްޖޭގެ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާ ރިސޯޓް ހުޅުއްވި ބޭފުޅާ އެވެ.

އޭނަ އަކީ ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ކުންފުނި ކުންފުނި ޔުނިވާސަލްގެ ވެރިޔާ އެވެ.

އެމްޔޫ މަނިކަކީކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.