ކެއުމަށްޓަކައި ޖަމާވުމަކީ ކެއުމުގައި ބަރަކާތް ލައްވާ ކަމެކެވެ.
ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެން ކެއަސް ބަނޑުހައިކަމެއް ނުފިލައެވެ.”
އެ ހިނދު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ވަކިވަކިން ތިބެ ކަނީތާ އެވެ؟”
ދެންނެވިއެވެ. “އާދޭހެވެ!”
ޙަދީޘްކުރެއްވި އެވެ. “ކެއުމަށްޓަކައި ތިޔަބައިމީހުންގެ ކާއެއްޗެތީގެ ކައިރިއަށް އެންމެން ޖަމާވާށެވެ. އަދި ﷲ ގެ އިސްމުފުޅު ޒިކުރުކުރާށެވެ. (بسم الله ކިޔާށެވެ.) އޭރަށް ތިޔަބައިމީހުންނަށް ޓަކައި އެ ކާއެއްޗެހީގައި ބަރަކާތް ލައްވާނެއެވެ.”
[رواه أبو داود وحسنه الألباني]
އެންމެ ރަނގަޅީ އެންމެން އެއް ތައްޓެއް ކައިރިއަށް ޖަމާވެ އެ ތަށިން ކެއުމެވެ. އެކަން އެގޮތަށް ނުވާނަމަ ވަކިވަކި ތަށީގައި ކޭ ކަމުގައި ވިޔަސް ގޭގެ އެންމެން އެއްކޮށް ތިބެ ނުވަތަ އެކުވެރިން އެއްކޮށް ތިބެ ކެއުމަކީ ކާ އެއްޗެހީގައި ބަރަކާތް ލައްވާނެ ކަމެކެވެ.
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.