ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ދަތުރުކުރި ކާރު ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެމީހާ ދަތުރުކުރި ޓެކްސީ ހޯދާފައިވާ ކަމަށެވެ.
އަދި ކާރު ތެރެއަށް ދޫކޮށްލެވުނު ދަބަހާއި ދަބަސް ތެރޭގައި އޮތް 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.