Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު 1260 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފި

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1200 އަށްވުރެ ގިނަ ފަރާތަށް ރަޖިސްޓްރީ ދޫކޮށްފި އެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަށް ގެނެވުނު ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށްފަހު، ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 1260 ފަރާތަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގަ އެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.