Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ދަނޑުވެރިކަމުގެ އެމް-ގެޕް ސެޓްފިކެޓް ލިބުނު ފުރަތަމަ ރަށަކަށް ގޮއިދޫ

މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް-ގެޕް) ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެ އެވެ.

އެ ސެޓްފިކެޓަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާ ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވި ސްކީމެކެވެ.

ގޮއިދޫގެ ދަނޑުވެރިންނަށް އެމް-ގެޕް، ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗަ މިނިސްޓަރު ވިދާޅުވީ ގޮއިދޫ ވާނީ އެ ރަށުގައި ހައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ވެށްޓެއް ބިނާކުރުމުގައި ނަމޫނާ މިސާލަކަށް ކަމަށެވެ.

މިނިސްޓަރު އެމް-ގެޕް ސެޓިފައިކުރެވިފައިވާ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހިންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި އެފަދަ އުފެއްދުންތައް ކުރިއރުވުމުގެ ސަބަބުން، މުސްތަޤުބަލުގައި ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ފުރުސަތު ވެސް ލިބުމަށް މަގުފަހި ވާނެ ކަމަށެވެ.

މާރިއާ ވިދާޅުވީ ދަނޑުވެރިންގެ ހިތްވަރާއި މަސައްކަތައްކަތްތެރިކަމަކީ ޤައުމުގެ ކާބޯތަކޯތަކެތީގެ ރައްކާތެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު ބިންގާ ކަމަށެވެ.