Last Updated: July 25, 18:05
Saturday, July 25, 2026
ދުނިޔެ

އިންޑިއާގައި ފްލޯޓިން ޓާފް ދަނޑެއް

އިންޑިއާގައި ފްލޯޓިން ޓާފް ދަނޑެއް ހުޅުވައިފި އެވެ.

ފުޓްބޯޅަ ކުޅެން ހާއްސަކޮށްފައިވާ މި ދަނޑު ހަދާފައި ވަނީ ކެރަލާގަ އެވެ. ކޮޗީގެ ޗެއްލަނަމް-ކަޑަމައްކުޑީ ސަރަހައްދުގެ ކޯރެއްގެ ތެރޭގައި ހަދާފައިވާ މި ފްލޯޓިން ދަނޑުގައި މިހާރު އެ ސަރަހައްދުގެ ޒުވާނުން އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.

ޕްލެޓްފޯމެއްގެ ތެރޭގައި ޓާފް އަޅައިގެން މި ދަނޑު ހަދާފައި ވަނީ ވަށައިގެން އުސްކޮށް ފެންސް ވެސް ޖަހައިފަ އެެވެ. އެހެންވެ ކުޅޭ އިރު، ބޯޅަށް ދިއުމުގެ ފުރުސަތެއް ނޯންނާމެ އެވެ. މި ފްލޯޓުން ޓާފް ދަނޑު ހަދާފައި ވަނީ ފާލަމަކުން ދެވޭ ގޮތަށެވެ.

މިއީ އިންޑިއާގެ ފުރަތަމަ ފްލޯޓިން ޓާފް ދަނޑެވެ.