Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ކިލް' ގެ ޑައިރެކްޓަރު ހޮލީވުޑްގެ ފިލްމެއް ހަދަނީ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން އެކްޝަން ތުރިލާ "ކިލް" ގެ ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓަށް ހޮލީވުޑްގެ ފިލްމެއް ޑައިރެކްޓްކުރަން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އަށް އެ ފުސަތު ލިބުނީ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ޔުނިވާސަލް ސްޓޫޑިއޯސް އިން ކަމަށެވެ.

އެގޮތުން ޕްރޮޖެކްޓާ ގުޅޭ ގޮތުން އެތަނުގެ އިސްވެރިންނާއި ނިކިލްއާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ. ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށަން ރާވަމުން އަންނަ އިރު، މީގެ ލީޑް ކާސްޓަށް ނަގާނީ ވެސް ހޮލީވުޑްގެ މަޝްހޫރު ތަރިންނެވެ.

ނަމަވެސް މިއާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ނިކިލްގެ "ކިލް" އަކީ ޝާހްރުކް ޚާންގެ ދަރިފުޅު، އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އަސް ދޫކޮށްލަން ނިންމާފައިވާ ސީރީޒްގެ ބަތަލު ލަކްޝް ލަލްވާނީ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. ވަރަށް އަނިޔާވެރި އެކްޝަން މަންޒަރުތަކެއް ހިމަނައިގެން ގެނެސްދިން "ކިލް" ގައި ލަކްޝްގެ ކުޅުނު އެކްޝަން ރޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާ އިރު، އެ ފިލްމު 2023 ގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިކުރި ދަނޑިވަޅު، ހޮލީވުޑްގެ ވަރަށް ގިނަ ކްރިޓިކުން ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.

"ކިލް" ގެ ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެެއް ހަދަން ވެސް އޮތީ ޕްލޭންކޮށްފަ އެވެ.

ފިލްމެއް ޑައިރެކްޓް ކުރަން ނިކިލް އަށް ހޮލީވުޑުން ފުރުސަތެއް ލިބުނު އިރު، އޭނަ 2023 ގައ ގެނެސްދިން ފިލްމު "އަޕޫރްވާ" ގެ ޕްރޮޑިއުސަރު މުރާދު ކެތާނީއާ ގުޅިގެން އިތުރު ފިލްމެއް ހަދަން ވެސް އަންނަނީ ތައްޔާރީތަކެއްވަމުންނެވެ.