Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ގުރައިދޫގައި 100 ރުއް އިންދާނެ ބަޔަކު ހޯދަނީ

ކ. ގުރައިދު އަށް 100 ރުއް ގެންގޮސް، އިންދައި ދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުުގެ ފުރުސަތު އަންނަ މަހުގެ 8 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 7 ގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ.

ރަޖިސްޓްރީ ވާނީ ބީލަން ހުށަހަޅާ ފަރާތުގެނަން/ކުންފުނީ/ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީގެ ނަމާއި ފޯނު ނަމްބަރާއި ރަޖިސްޓްރީ ނަމްބަރާއި އީމެއިލް މި މެއިލް އަށް ފޮނުވައިގެންނެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 6640072 އިން ހޯދޭނެ އެވެ.