Last Updated: June 6, 09:42
Saturday, June 6, 2026
ރިޕޯޓް

ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ.

އަހަރެމެން އިންސާނުންނަކީ އަބަދުވެސް ފާފަ ކުރެވޭ ބައެކެވެ. ﷲ ފޮނުއްވި އެންމެހާ ނަބީ ބޭކަލުންނާ ރަސޫލު ބޭކަލުން އަބަދުވެސް އިސްތިޤްފާރު ކުރުންމަތީ ހުންނެވި އެވެ. އެބޭކަލުންނީ އެބޭކަލުން ދުނިޔޭގައި ހުންނަވަނިކޮން ސުވަރުގެ އަށް ވަންނާނެކަމުގެ އެފާވެރި ހަބަރު ދެއްވާފައިވާ ބޭކަލުންނެވެ. ވީ އިރު އަހަރެމެން ފާފަ ފުއްސެވުން އެދި ﷲ ގެ ހަޟްރަތުގައި އަބަދުވެސް ދަންނަވަން ޖެހެ އެވެ.

ފާފަ ކުރުމުގެ ސަބަބުން ދަބަރު ޖަހާފައިވާ ތިބާގެ ހިތް ސާފުވެގެން ދަނީ ﷲ ގެ ހަޟްރަތުގައި ތިބާވާ އިޙްލާސްތެރި ތައުބާއިންނެވެ.

އެ މީހަކީ ކިތަންމެ ގިނަ ފާފަ ކުރެވިފައިވާ މީހަކަސް ﷲ ގެ އަޒާބަށް ބިރުވެތިވެ ތައުބާވެއްޖެ ކަމުގައި ވަނީނަމަ އެމީހެއްގެ ފާފާ ﷲ ފުއްސަވައި ދެއްވާނެކަން މި އާޔަތުން އެނގެއެވެ.

{قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ} الزمر 53.

މާނައަކީ: ”ނަބީކަލޭގެފާނެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އޭ ތިމަން އިލާހުގެ އަޅުތަކުންކުރެ (ފާފަކުރުމުން) އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކުރި މީހުންނޭވެ! ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! ހަމަކަށަވަރުން މާތް ﷲ ހުރިހާ ފާފައެއް ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ.“

އަހަރެމެންގެ މައްޗައް އޮތީ ފާފައެއް ކުރެވުމުން އެކަމާހިތާމަކޮށް ލަސްނުކޮށް ތައުބާވުމެވެ.

ސޫރަތު ހޫދު: 114 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަވަނީ ހަމަކަށަވަރުން ހެޔޮ ޢަމަލުތައް ނުބައި ޢަމަލުތައް ފުހެލައެވެ.
އަހަރެމެންގެ މައްޗައްވެސް އޮތީ ތައުބާ ވުމައްފަހު ހެޔޮ ޢަމަލުތައް ކުރުމެވެ

މަސްދަރު: އިލްމު.އެމްވީ