Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ލަންކާ މެޗްތަކަށް ގައުމީ ޓީމު ޕްރެކްޓިސް ފަށައިފި

އަންނަ މަހު ސްރީލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅޭ ދެ މެޗަށް ރާއްޖޭގެ ގައުމީ ޓީމުން ޕްރެކްޓިސް މިއަދު ފަށައިފި އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ކުޅޭ މި ދެ މެޗު އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ.

ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ މި ދެ މެޗަށް 26 ކުޅުންތެރިންގެ ސްކޮޑު ނަގާފަ އެވެ. މި ސްކޮޑުން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، ހަސަން ރާއިދު އާއި އިލާން އިމްރާން އަދި އުމުރުން 17 އަހަރުގެ އަހްޒަމް ރަޝީދަށް ވެސް ފުރުސަތު ދީފައިވެ އެވެ.

މީގެއިތުރުން ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް ދެ އަހަރަށް ފަހު ގައުމީ ޓީމުގެ ސްކޮޑަށް މިފަހަރު ވަނީ ނަގައިފަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް މޯހަން ހަމަޖެއްސީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ އިތުރުން ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށެވެ.