Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ނޫސްވެރިންގެ ޖަމިއްޔާގެ ރައީސަށް އިންޒާރު ދީފި

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަލީ ރިފްޝާނަށް އިންޒާރު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ކަންބޮޑުވުންތައް ނޫސްވެރިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ ފަހަތްޕުޅުން ގޮސް ހިއްސާކޮށްފަ އެވެ.

މިކަމަށް އިޝާރާތްކޮށް އެކްސްގައި ހިންގާ އެކައުންޓަކުން ވަނީ ރިފްޝާނަށް އަމާޒުކޮށް އިންޒާރުގެ މެސެޖެއް ފޮނުވާފަ އެވެ.

"ތި ފާޑަށް ނޫޅުއްވާ. ތިބޭފުޅާގެ ކުދިންކޮޅު ލައްވާ އަހަރުމެންގެ ރައީސްގެ ފަހަތުން ދުވަން ނަހަދާ. ރައީސްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލެވޭނެ. ތިބޭފުޅާއަށް ދެން މަންޒަރު ފެންނާނީ ބިލަށްވުރެ ގޯސްކޮށް. އަހަރުމެންގެ ރައީސްގެ ސަޕޯޓަރުން ދެން ދުވާނީ ތިބޭފުޅާގެ ފަހަތުން. ދެން ޖެހޭނީ ހިތާމަކުރަން. އަވހަށް މަގާމުން އިސްތިއުފާ ދެއްވާ. މިއީ ދިވެހިންގެ ރާއްޖެ، ހަދާނީ އަހަރުމެން ބޭނުން ގޮތަށް. ބިލް ވެސް އޮތް ގޮތަށް ފާސްކޮށްލާނީ. ކޮންޓްރޯލް ކުރާނެ. ތިބޭފުޅާއަށް އޮތް ގޮތް ވަރަށް އަވަހަށް ފެންނާނެ.". އިންޒާރު ދީ ފޮނުވި މެސެޖުގައިވެ އެވެ.

އެ އިންޒާރުގެ މެސެޖު ފޮނުވި އެކައުންޓު މިހާރު ޑިލީޓްކޮށްލާފައިވާއިރު، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އެމްޖޭއޭއިން އަންނަނީ ކުރަމުންނެވެ.