Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އެމްޔޫ މަނިކު އަވަހާރަވެއްޖެ

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އަވާހަރަވެއްޖެ އެވެ.

އެމްޔޫ މަނިކު އަވަހާރަަވީ އާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވާފައިވާ އެމްޔޫ މަނިކަކީ 1972 ގައި ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވި އިރު، ރާއްޖޭގެ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާ ރިސޯޓް ހުޅުއްވި ބޭފުޅާ އެވެ.

އޭނަ އަކީ ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ކުންފުނި ކުންފުނި ޔުނިވާސަލްގެ ވެރިޔާ އެވެ.

އެމްޔޫ މަނިކަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.