ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިިލާ އަށް ތަައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެމްޔޫ މަނިމު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކައި ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ކޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް،" ރައީސް ވިދާޅުވި އެވެ. "ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެ މަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު."
ޔުނިވާސަލް އެންޓަޕްރައިސަސްގެ ވެރިޔާ އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން ސިންގަޕޫރްގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ރޭގެ މެންދަމު ވަގުތެއްގަ އެވެ.
އެމްޔޫ މަނިކު، 78، އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވެސް ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.
އޭނަގެ މައްޗަށް މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ޢައިބަށް ކަށުނަމާދު ކުރަން ވަނީ ނިންމައިފަ އެވެ.