Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ތިން އަތޮޅަކަށް ހައިވަކަރު ގަސް ބަހައި ނިންމައިފި

މުޅި ރާއްޖެ އަށް ހައިވަރު ގަސް ބަހަން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ތިން އަތޮޅެއްގެ ހުރިހާ ރަށަކަށް ގަސް ބަހައި ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިކަން ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްގެން ހައިވަރު ގަސް ބަހައި ނިންމި ތިން އަތޮޅަކީ ކ. އާއި އއ ގެ އިތުރުން އދ. އަތޮޅެވެ.

ހައިވަކަރު ގަސް ބަހަނީ ފަސް މިލިއަން ގަސް އިންދަން ވެސް ފަށާފައި އޮތް މަޝްރޫއުގެ ދަށުންނެވެ. އެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ ތިމާވެށީ ދުވަސް ކަމަށްވާ ޖޫން 5 ފަ އެވެ.

މިިސްޓްރީން ބުނީ ހައިވަރު ގަސް ބެހުމަކީ މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކުރުމުގެ މަގުޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ބޮޑު މަޝްރޫޢެއް ކަމަށެވެ. އެގޮތުން ހައިވަކަރު ގަހަކީ ގިނަ ދުވަހަށް ދެމިހުންނަ އަދި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދޭ ގަހެއްކަމުން، މި މަޝްރޫޢަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވެސް ހައިވަކަރު ގަސް ބަހާނެ ކަމަށެވެ.