Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރިސޯޓެއްގައި މަރުވި މީހެއްގެ އޮޓޮޕްސީ ހަދަނީ

ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޭނަގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފި އެވެ،

ފުލުހުން ބުނީ ބ. އަތޮޅުގައި ހިންގަމުން އަ ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މި މަހުގެ 23 ގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމާއި މަރުވި މީހާ ބެހޭ ގޮތުންނާއި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ޒުވާނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައި ވަނީ ކ. ގުރައިދޫ، ތަނޑިރަތްމާގޭ، އަދީލް އަހުމަދު، 20، އެވެ. އޭނަ ވަޒީފާ އަދާކުރަމުން ދިޔައީ ނޮޓިލަސް ރިސޯޓުގަ އެވެ.