މިދިޔަ ޖޫން މަހު ރާއްޖޭގައި 40 ވަނަ އުފަން ދުވަސް ފާހަގަކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް އަނެއްކާ ވެސް ރާއްޖެ އަށް އަތުވެއްޖެ އެވެ.
އޭނަ އާއިލާއާ އެކު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ދާދި ފަހުން ހުޅުވި ދުސިތު2 ފޭދޫ މޯލްޑިވްސް ރިސޯޓްގަ އެވެ. މި ދަތުރުގެ ފޮޓޯތަކެއް ކާޖަލްގެ އިންސްޓަގްރާމާއި ފޭސްބުކްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ކާޖަލްގެ 40 ވަނަ އުފަން ދުވަސް ޖޫން މަހު ފާހަގަކުރީ ބެގްލިއޯނީ މޯލްޑިވްސްގަ އެވެ.
ދެހާސް ވިހީގައި ކައިވެނިކޮށް ރާއްޖޭގައި ހަނީމޫން ވެސް ހޭދަކުރި ކާޖަލް އަކީ އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާ އެވެ. މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ކާޖޮލްގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މިދިޔަ ފިތުރު އީދުގައި ރިލީޒްކުރި ސަލްމާން ޚާންގެ "ސިކަންދަރު" އެވެ.
ކާޖަލް އަކީ އަޖޭ ދޭވްގަންގެ 2011 ގެ "ސިންގަމް" ވެސް ބަތަލާ އެވެ.
އޭނަގެ އެންމެ ފަހުން ފެނިފައި ވަނީ ޖޫން 27 ގައި ރިލީޒްކުރި ތެލެގޫ ފިލްމި "ކަނައްޕާ" ގެ ހާއްސަ ފެނިލުމަކުންނެވެ. ކާޖޮލްގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ދި އިންޑިއަން ސްޓޯރީ" އާއި ރަންބީރް ކަޕޫރްގެ "ރާމާޔަން" ހިމެނެ އެވެ.