Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މެލޭޝިއާ އިން ދިވެއްސަކު ހައްޔަރުކޮށްފި

މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިއާ ފުލުހުން ހައްޔަރުކުރީ އަބްދުލް ބާތިން މުހައްމަދު މުސްތަފާ އެވެ.

ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހި ފުލުުހުންގެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.