ސްޕެނިޝް ލީގުގައި ރޭ ރެއާލުން މެޑްރިޑުން ފަހަތުން އަރައި 2-1 އިން މަޔޯކާ ބަލިކޮށްފި އެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނިޓްގައި ވޭދާތު މުރީގީ ޖެހި ގޯލުން މަޔޯކާ ވަނީ ލީޑު ނަގައިފަ އެވެ. މިއީ ޕަބްލޯ ޓޯރޭ ނެގި ކޯނަރަކުން މުރީގީ ޖެހި ގޯލެކެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކައިރި ކައިރީގައި ކާމިޔާބުކުރި ދެ ގޯލާއެކު ރެއާލުން ވަނީ ނަތީޖާ އަނބުރާލާފަ އެވެ. އެގޮތުން މެޗުގެ 37 ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރީ ޑީން ހައުސަން ދިން ބޯޅައަކުން އާޑާ ގުލެއާ ޖެހި ގޯލުންނެވެ. އަދި އޭގެ މިނިޓެއް ފަހުން ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ.
ދެވަނަ ހާފުގައި ވެސް ލީޑު އިތުރަށް ފުޅާކޮށްލަން ރެއާލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް މަޔޯކާގެ ގޯލަށް ފޮނުވާލާފަ އެވެ.
ލީގުގައި ރެއާލުން ދެން ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑްއާ އެވެ.