Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

މެލޭޝިއާ އަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް: ރައީސް

މެލޭޝިއާ އަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރަސްގެފާނު ސުލްތާން އިބްރާހިމް އާއި އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މެލޭޝިއާ އަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށާއި ދެ ގައުމުގެ ސަރުކާރާއި އަދި ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުން ފާހަގަކުރާ ކަމަށެވެ. އަދި މި ގުޅުން އިތުރަށް ވަރުގަދަކުރަން މެލޭޝިއާއާއެކު ގާތުން މަސައްކަތް ކުރުމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ މެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާ މެދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.