Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ 40 ވަނަ އަަސާސީ ކޯހުގެ އެއް ވަނަ އަރުޝަދަށް

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވިއްޖެ އެވެ.

ކޯހުންގެ ނިމުން ފާހަގަކުރަން ރޭ ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު އަރުޝަދަށް ދަރިވަރަށް ހަވާލުކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ.

ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވުނު އިރު ތިންވަނަ ލިބުނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއަށެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ސާޖަންޓް އަޙްމަދު ޝިބަމްއެވެ. ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވުނު އިރު ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީ އެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދު އެވެ. އަދި ތިންވަނަ ލިބުނީ ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދަށެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސްކޮޑްތަކުން ވެސް އެންމެ މޮޅު ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަށް ހޮވުނީ ސާޖަންޓް އާދަމް ނަސީމެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވުނު އިރު ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދެވެ.

ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދު ހޮވުނު އިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ސަފާޙްއެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މޫސާ ނަޒީރެވެ.

ހާޖީ ސްކޮޑުން އެއް ވަނަ ދަރިވަރަކަށް ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވުނު އިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީ އެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް ފައުޒާން ފަހުމީ އެވެ. ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙަސަން ނަބްޙާންއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް މައުއޫޒް ފަޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ކޮންސްޓަބަލް ޚަދީޖާ ޒަކީ އެވެ.

އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ އައިނެއްލާ އެވެ.

އެ ސްކޮޑަށް ޝީލްޑް ހަވާލުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

އޭޕްރީލް 20 އިން މި މަހުގެ 30 އަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެ އެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ.