Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު އާންމުކޮށްފި

ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައި އާންމުކޮށްފި އެވެ.

މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުން ކަމަށް ބުނެފައިވެ އެވެ.

"ޕްރެސް ފާސް" ދޫކުރާނެ ފަރާތްތައް:

* އެޑިޓަރުން
* ރިޕޯޓަރުން/ޖާނަލިސްޓުން
* ޕްރެޒެންޓަރުން
* ލިޔުންތެރިން
* ކޮލަމިސްޓުން
* ފޮޓޯ ޖާނަލިސްޓުން/ފޮޓޯގްރާފަރުން
* ވީޑިއޯ ޖާނަލިސްޓުން/ވީޑިއޯގްރާފަރުން

އުސޫލުގެ ދަށުން އެކްރެޑިޓްކުރާ މީހުންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި އެ ދެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާ އިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ

އަދި އުސޫލުގައިވާ ގޮތުން އެކްރެޑިޓް ކާޑު ދޫކުރާނީ ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް އަދި ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ހިމެނެ އެވެ.

މި އުސޫލަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ އުސޫލު ޝާއިއުކުރާތާ ހަ މަސް ފަހުންނެވެ.