Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބަނގުރާ މައްސަލަތަކެއްގައި ބިދޭސީންތަކެއް ހައްޔަރަށް

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރި އިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ތިން މީހެކެވެ. ޑީޕޯޓްކުރަން އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ އެ ތިން މީހުންނަކީ ސެނިތް ހެޝަން ވިކްރަމަސިންހަ، 29، އާއި ދުލިތު މަޑުސާކާ، 39، ގެ އިތުރުން ޖިނިތަ މަދުރަންގާ ސެނަވިރަތިން، 24، އެވެ.

މީގެ އިތުރުން ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ވެސް ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ބަންގްލަދޭޝް އަސް ނިސްބަތްވާ އެމްޑީ ޖަހަންގިރު ހޮސައިން، 35، އެވެ.

އޭނަ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި މަހުގެ 29 ގަ އެވެ. އެގޮތޔބް ރީތިގަސްމަގުން ސައިކަލެއްގައި ދަނިކޮށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500 ގެ އެމްއެލްގެ 9 ފުޅި ޖަހަންގިރު އަތުން ފެނުފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ

މި މައްސަލަތައް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.