Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ވެހެބުރުގޭ އަޙްމަދު ޖަޒީލް، 37، އެވެ.

ފުލުން ބުނީ އޭނަ ހޯދަން އިއުލާންކުރީ އަޙްމަދު ޖަޒީލް ހޯދަމުންދަނީ އޭނާގެ ކޯޓްގައި އޮތް މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކު ކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 09:50 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ ޖަޒީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.