Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ބީއެމްއެލުން ހުޅުމާލެ އިން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

ހުޅުމާލެ ލޮޓް ނަންބަރު 1،824 އިން 28،507 އަކަފޫޓުގެ އަމިއްލަ ބިން، ގައުމީ ބޭންކުން ޖީއެސްޓީއާ އެކު ގަތީ 153.9 މިލިއަން ރުފިޔާއަށެވެ.

އެ ބިމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ގޮތުން ބުނެފައި ބިމަށް ދައްކަން ޖެހޭ ފައިސާ ބީއެމްއެލްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކައި ހަލާސް ވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މުއާމަލާތުގައި ފުރިހަމަވާން ޖެހޭ އެންމެހާ ކަންކަން ފުރިހަަމަވާ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.