Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރައްވައިފި

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު، ޝަރަފުވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކުރެއްވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގައެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުގެ ދިގު އަސްކަރީ ޚިދުމަތުގައި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމް، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް (ޖޭ4) ގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމް، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމާއި ކޮމާންޑިންގ އޮފިސަރގެ މަޤާމް، ކްއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި އޮފިސަރ ކޮމާންޑިންގގެ މަޤާމާއި އޮފިސަރ ކޮމާންޑިންގގެ އެހީތެރިޔާގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނަޝީދުގެ 37 އަހަރުގެ ސިފައިންގެ ހިދުމަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، ބްރިގޭޑިއަރ އޭނާގެ އަސްކަރީ ޚިދުމަތުގެ ސައިޓޭޝަންއެއް އިއްވެވިއެވެ.