Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ލިލީ' ގެ ޕްރޮމޯޝަނަލް ލަވަ ސެޕްޓެމްބަރު 5 ގައި

އަންނަ ނޮވެމްބަރު މަހު ސިނަމާ އަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ލިލީ" ގެ ޕްރޮމޯޝަނަލް ލަވަ އަންނަ މަހުގެ 5 ގައި ދައްކާލަން ނިންމައި، ލަވައޮގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.

ދާދި ފަހުން ހިތްގައިމު ވީޑިއޯ ލަވަތަކެއް ގެނެސްދިން ހޭވައްލާ ބޮޑުބެރު ގްރޫޕާ ގުޅިގެން ގެނެސްދޭ ލަވަ އަކީ "ބަކުރަށް ތޮއްޑޫ އިން ލިލީއެއް ފެނިއްޖެ" އެވެ.

ނޮވެމްބަރު 20 ގައި އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތާވަލުކޮށްފައި އޮތް "ލިލީ" އަކީ މިދިޔަ އަހަރު "މީ އިޝްގް" ގެނެސްދިން ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ދެވަނަ ފީޗާ ފިލްމެވެ.

ވަރަށް ތަފާތު ގޮތްގޮތަށް ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދާ މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އައިޝާ އަލީ އާއިއަހުމަދު ޝާރިފާއި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ.