އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ކެންޓީނު ހިންގާނެ ބަޔަކު ހޯދަން އެ ސްކޫލުން އިއުލާންކޮށްފި އެވެ.
އެ ސްކޫލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 9 އާ ހަމައަށެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަޑް ބީލަން ހުށަނޭޅޭނެ އެވެ.
ބީލަން ހުޅުވަން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 7030-688 އިން ހޯދޭނެ އެވެ.
ޝަރަފުއްދީން ސްކޫލަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.