Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެދެނީ އެމްއެންޔޫ ފެންވަރު ރަނގަޅު އިލްމީ ހިޔާވައްސަކަށްވުން

އަބަދު ވެސް އެދިވަޑައިގަންނަވަނީ ގައުމީ ޔުނިވަސިޓީ އަކީ ވަރަށް ކާމިޔާބު އަދި ފެންވަރު ރަނގަޅު، ޢިލްމީ ހިޔާވައްސަކަށްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އެމްއެންޔޫގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ތަނުގެ ވެރީންނާއި ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް، ރައީސް ވަނީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ތަހުނިޔާ ވެސް ފޮނުއްވައިފަ އެވެ.

އެމްއެންޔޫ ވުޖޫދަށް އައީ ސެޕްޓެމްބަރު 1، 1973 ގަ އެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީ ވެސް މެ އެވެ.

މި ޔުނިވާސިޓީގެ މަގުސަދަކީ މީހުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަ ޅުކުރުމަށް ބޭނުންވާ އަދި މުޖުތަމަޢުގެ ސަގާފީ، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ކޮންމެހެން މުހިންމު ޢިލްމު އުފައްދައި، ހޯދައި، ރައްކާކޮށް ފެތުރުމެވެ.

އެމްއެންޔޫ އިން އަންނަނީ މިހާރު އެތައް ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ. އެގޮތުން 200 އަށް ވުރެ ގިނަ ކޯސް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިންގާ ކޯސްތައް ހިމެނެ އެވެ.

އެމްއެންޔޫގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެކި ހިސާބުތަކުގައި ކެމްޕަސްތައް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި އެފަދަ އިތުރު މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.