ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައ ދޭން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައިދާރާ، އެފްއޭއެމްގައި އެދިއްޖެ އެވެ.
މިކަން ހާމަކޮށްފައި ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މި އަހަރުގެ ފަސް ވަނަ ބައްދަލުވުމުގައެވެ.
އިއްޔެ ހަވީރު އެފްއޭއެމްގެ ވަގުތީ އޮފީސް، ގަލޮޅު ދަނޑުގައި ބޭއްވި ބައްދަލުވުމުގައި އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅުމަށާއި، ރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިާމް ހަމަޖެއްސުމުގައި ފީއެފްއޭ އިން އެހީތެރި ކަމަށް އެދިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ނޮވެމްބަރު މަހުގެ 8-19 އަށް ރާއްޖޭގައި ތިބުމާއި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމަށާއި، ދެ މެޗަށް ސްޕޮންސަރުން ހޯދުމަށް ވެސް އެ ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ.