އއ. އުކުޅަހުގައި މީހަކަށް އޭނަގެ ދަރިޔަކު ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް މާލެ ގެންގޮސްފި އެވެ.
މިއަދު ފަތިހު މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ މީހާ އަކީ 60 އަހަރުން މަތީގެ މީހެކެވެ. ނަފުސާނީ މައްސަލަތަކެއް ހުންނަ އޭނަގެ 26 އަހަރުގެ ފިރިހެން ދަރިފުޅު ތޫނު އެއްޗަކުން ދިން ހަމަލާއާ ގުޅިގެން އެ މީހާ އަށް ފުރަތަމަ ފަރުވާ ދިނީ އުކުޅަހު ސިއްހީ މަރުކަޒުގަ އެވެ.
ނަމަވެސް އެތަނުގައި ފަރުވާ ދީ ދޫކޮށްލި ފަހުން ހާލަތު ގޯސްވާން ފެށުމުން، މާލެ ގެންދިޔައީ އެވެ. ދަރިފުޅު ވަޅިއަކުން ދިން ހަމަލާގައި އެ މީހާގެ ބަނޑަށާއި އަތް ޒަހަމްވެފައިވެ އެވެ.
އެ މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ބައްޕަ އަށް ހަމަލާ ދިން ދަރިފުޅު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އަދި އޭނަ އަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހަކަށްވާތީ އިތިރު ޓެސްޓްތަކެއް ހަދަން ބައްޕައާ އެކު މާލެ ގެންގޮސް އައިޖީއެމްއެޗުގައި އަންނަނީ ޓެސްޓްތައް ހަދަމުންނެވެ.