Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ފުލުހުންގެ ދުވަސްވީ ހިދުމަތްތެރިންނަށް ހަނދާނީފިލާ

ފުލުހުންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފުލުހުންތަކެއްގެ އަގުވަޒަންކޮށް މިއަދު ހަނދާނީފިލާ ދީފި އެވެ.

އެ ބޭފުޅުންނަށް ހަނދާނީފިލާ ދިނީ މިއަދު ފާހަގަކުރާ ފުލުުހުންގެ ދުވަހާ ގުޅިގެން އިސްކަންދު ބިލްޑިންގުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެެ. މި އެ ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފުންނަށް ހަނދާނީފިލާ ދީފައިވެ އެވެ.

އެ ބޭފުޅުންނަށް ހަނދާނީފިލާ ހަވާލުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނެވެ.

އެ ސްމިިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުޙާދު ފިކުރީ އާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ފުލުހުންނާއި އާންމު މުވައްޒަފުން ވެސް ބައިވެރިވި އެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތު ދުވަހަކީ 2004 ގައި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތް ދޭން ފެށި ދުވަހެވެ. އެގޮތުން މި އަހަރު ފާހަގަ ކުރަނީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭތާ 21 ވަނަ އަހަރެވެ.