Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

އިސްލާމިކް ގަވަނަންސް ކޯހަކަށް ހުޅުވާލައިފި

ރާއްޖެއިން ބޭރުން އިސްލާމިކް ގަވަނަންސް އެންޑް އެޑްމިނިސްޓްރޭޓިވް ދާއިރާ އިން ކުރު ކޯހަކަށް އިސްލާމިކް މިނިސްޓްރީން ހުލުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 8-19 އަށް މެލޭޝިއާގެ ސެލަންގޯގައި ކުރިއަށް ގެންދަން ނިންމާފައިވާ ކޯސް ހާއްސަކޮށްފައި ވަނީ 10 ބައިވެރިއަކަށް ކަމަށެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތަތަކުގެ ތެރޭގައި އިނގިރޭސި ބަސް ރަނގަޅަށް އެނގުމާއި މިނިސްޓްރީން ހިޔާރުކޮށްފައިވާ މީހަކަށްވުމުގެ އިތުރަށް އިމާމުކަމުގެ ތަޖުރިބާ ހުރި މީހަކަށްވުން ހިމެނެ އެވެ.

ކޯހަށް ދާން ޓިކެޓް ހަރަދު ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ.

ކޯހަށް ދާން ޝައުގުވެރިވާ ފަރާތްތަކަށް މިހާތ އޮތީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.